Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު ކޮވިޑު-19

ގުޅި އަދި މާފުށި މޮނިޓަރިންއަށް ލައިފި

ކ.މާފުށި

ކ. ގުޅި އަދި ކ. މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއިއޯސީ)އިން މިއަދު ބުނެފައިވަނީ ގުޅި އަދި މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިއަދު ކަމަށެވެ. އެހެންނަމަވެސް އެ ދެ ރަށް މޮނިޓަރިންއަށް ގެނައި ސަބަބެއް ހާމަކޮށްފައެއް ނެތެވެ.

މިއާއެކު މޮނިޓަރިންގެ ހާލަތުގައި ރާއްޖޭގެ 17 ރަށެއް މިވަގުތު އެބައޮތެވެ.

އެރަށްރަށަކީ ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، އދ. މާމިނގިލި، ތ. ވިލިފުށި، ތ. ވޭމަންޑޫ، ތ. ކިނބިދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި، ތ. މަޑިފުށި، ބ. މާޅޮސް، އއ. ބޮޑުފޮޅަދޫ، ބ. އޭދަފުށި، ކ. ގުޅި އަދި ކ. މާފުއްޓެވެ.

އިއްޔަވެސް ރަށްތަކުން 72 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ރައްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 26،505 އަށް އަރާފައެވެ. މި ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 23،691 ގައެވެ. އަދި މިބަލީގައި 71 މީހަކު ވަނީ މަރުވެފައެވެ.