Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު ކޮވިޑު-19

ކޮވިޑް އެކްޓިވް ކޭސްގެ އަދަދު 4000 އިން މައްޗަށް

ކޮވިޑްގެ ކަންކަމުގައި އުޅޭ ފަރާތްތަކެއް - ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖޭގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު 4000 އިން މައްޗަށް ގޮސްފިއެވެ.

އެޗްޕީއޭއިން ރޭ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިހާރު ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދުހުރީ 4009 ގައެވެ.

ރާއްޖޭގައި މި ދުވަސް ވަރު ބާރު ސްޕީޑެއްގައި ކޮވިޑް ކޭސްތައް ފެތުރެމުން އަންނައިރު އިއްޔެވެސް ވަނީ 386 މީހުން ޕޮޒިޓިވް ޕޮޒިޓިވްވެފައެވެ.

އޭގެތެރެއިން 105 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ. އަދި އަތޮޅުތެރެއިން 198 ކޭސް ފެނިފައިވާއިރު، ހަ ކޭސް ރިސޯޓުތަކުން ވެސް ވަނީ ފެނިފައެވެ. ބާކީ 77 ކޭސް ފެނިފައިވަނީ އިންޑަސްޓްރިއަލް ސައިޓުތަކުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 28،588 އަށް އަރާފައެވެ. މި ބަލިން 24،449 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 119 މީހަކަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން 71 މީހުން މަރުވެފައިވެއެވެ.