Last Updated: April 23, 19:51
Tuesday, April 23, 2024
މީހުން

އެމްޑީޕީ އިންތިހާބު: ޝާފިއު އައްޑޫ ސިޓީގެ ނައިބް ރައީސަކަށް!

އެމްޑީޕީގެ ސޯޝަލް މީޑީއާ އެކްޓިވިސްޓު ޝާފިއު ޖަމީލް (ޖަޒީރާ ޝާފިއު) އެމްޑީޕީގެ ގައުމީ މަޖްލިސް އިންތިހާބުގައި އައްޑޫ ދާއިރާގެ ނައިބް ރައިސް ކަމަށް ވާދަކުރުމަށް ނިންމައިފިއެވެ.

މޭއި 29 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ގައުމީ މަޖްލިސް އިންތިހާބަށް ޝާފިއު ނިކުމެފައިވަނީ އައްޑޫ ސިޓީގައި އެމްޑީޕީ ވަރުގަދަ ކުރުމަށް ހާއްސަ މަސައްކަތެއް ކުރުމުގެ މަގްސަދުގައެވެ. އެގޮތުން މިހާރު ޕާޓީގެ މެމްބަރުންގެ ކަންކަން ނުބެލެހެއްޓި ބޮއްސުންލާފައިވާ މައްސަލައަށް ހައްލު ހޯދުމަކީ ޝާފިއުގެ އެންމެ ބޮޑު އަމާޒެވެ.

"އަޅުގަނޑު އައްޑޫ ސިޓީގެ ނައިބް ރައީސަކަށް ކުރިމަތިލީ، ޕާޓީގެ މެމްބަރޝިޕް އިތުރުކޮށް، ޕާޓީ މިހާރަށްވުރެ ހަރަކާތްތެރި ކުރުމަށް، އެކަމަށް އަޅުގަނޑަށް މަސައްކަތް ކުރެވިދާނެކަމަށް ގަބޫލް ކުރެވޭތީ" ޝާފިއު ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީގެ ވެރިކަން 2012 ފެބްރުއަރީ މަހު މަގުމަތިން ވައްޓާލުމާއި ގުޅިގެން އެމްޑީޕީން މާލެ އުސްފަސްގަނޑު ގައި ބޭއްވި މުޒާހަރާއެއެްގެ ތެރޭގައި ޝަފިއު،

ޝާފިއު ވިދާޅުވީ އެމްޑީޕީން އައްޑޫގައި ހިންގާ ގިނަ ހަރަކާތްތަކުގެ މައުލޫމާތު އާޢްމު މެމްބަރުންނާއި ހަމައަށް އެކަށީގެންވާ ވަގުތުތަކުގައި ލިބެމުން ނުދާކަމަށެވެ. އޭގެ ސަބަބުން ޕާޓީން އިންތިޒާމް ކުރާ ހަރަކާތްތަކަށް ލިބެން ޖެހޭ ފުރިހަމަކަން ލިބިފައި ނުވާކަމަށެވެ.

"މީގެ ކުރިން މިވާ ގޮތަކީ ޕާޓީން އައްޑޫގައި އިންތިޒާމު ކުރާ ކަންކަމުގެ މައުލޫމާތު އާއްމު މެމްބަރުންނާއި ހަމައަށް މި އަންނަނީ ވަރަށް ލަހުން، އޭގެ ސަބަބުން އެ ހަރަކާތްތަކުގައި ބައެއް މެމްބަރުންނަށް ބައިވެރި ނުވެވޭ، އަޅުގަނޑު ބަލާނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ޕާޓީގެ ކަންކަން އަންގައި، މެމްބަރުންގެ ބައިވެރިވުމާއި އެކު ކުރިއަށްދާން"

ފެށުނީއްސުރެ އެމްޑީޕީގެ ހަރަކާތްތަކުގައި ފެންނަ އަދި ބައިވެރިވާ ޝާފިއުގެ އެދުމަކީ މި ފަހަރު ބާއްވާ އިންތިހާބުގައި އައްޑޫ ސިޓީގެ ނައިބް ރައީސްގެ މަގާމަށް މެމްބަރުންގެ ތާއިދާއި އެކު އިންތިހާބުވެގެން ދިއުމެވެ. އަދި މެމްބަރުންގެ އެފަދަ ނިންމުމަކީ ޕާޓީއަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް ޝާފިއު ފާހަގަ ކުރިއެވެ.