Last Updated: June 4, 20:19
Thursday, June 4, 2026
ޚަބަރު ޝަރުއީ ދާއިރާ

ކްރިމިނަލް ކޯޓުގެ އިސްގާޒީ ޝަކީލްގެ ސުލޫކީ މައްސަލައެއް ބަލަނީ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމުގައި ކަނޑައެޅިގެން ގާނޫނާއި ހިލާފަށް ގާޒީ ޝަކީލް އަމަލުކުރެއްވި ކަމަށް ބުނާ މައްސަލައެއް ހުށަހަޅާފައިވާކަމަށެވެ.

އަދި އެ މައްސަލަ ތަހުގީގު ކުރުމަށް އޭޕްރިލް 28 ގައި ޖޭއެސްސީން ނިންމާ ތަހުގީގު ކޮމިޓީ އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.