Last Updated: April 25, 11:18
Thursday, April 25, 2024
ޚަބަރު

"ރާއްޖޭގައި ކޮވިޑުގެ އާ ވައްތަރެއް، ވަރަށް ނުރައްކާތެރި!"

ޑރ. މުހައްމަދު އަލީ-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ކޮވިޑުގެ އާ ވައްތަރެެއް ނުވަތަ އާ ސްޓްރެއިންއެއް އުޅޭކަމަށް އައިޖީއެމްއެޗް އެތެރެހަށީގެ ހާއްސަ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އަލީ ރޭ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އާ ސްޓްރެއިން އެއް އުޅޭކަމަށާއި، މާ ބޮޑަށްވެސް ނުރައްކާތެރި ކަމަށެވެ. އެގޮތުން އާ ސްޓްރެއިން ޖެހުމުން ފުއްޕާމެއަށް މާބޮޑަށް އަސަރުކުރާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެންމެންވެސް އެމީހުންގެ ކޮންޓެކްޓު ބަބްލް ކުޑަކޮށް، ރަނގަޅަށް މާސްކު އަޅައި، އަތް ދޮވުމަށްވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ބަލިން ސަލާމަތް ކުރެެއްވުމަށް އެދި ގިނަގިނައިން ދުއާކުރުމަށްވެސް ޑރ. މުހައްމަދު އަލީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ފާއިތުވި ދެ ހަފްތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން އަންނަނީ ރިކޯޑު މިންވަރަކަށް މަތިވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް 766 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރުވެސް 8261 ކޭސް ހުރި އިރު 205 މީހަކު އެޑްމިޓު ކުރެވިގެން ދަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި ދެ ދުވަހަށް ބަލާއިރު ކޮވިޑުގައި 10 މީހުން މަރުވެފައިވާ އިރު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 83އަށް ވަނީ އަރާފައެވެ.