Last Updated: April 26, 22:09
Friday, April 26, 2024
ޚަބަރު

ބޮން ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި

ރައީސް ނަޝީދަށް ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްގެން ގެންދަނީ، ފޮޓޯ: އާޒިފު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ މީހާ ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފުލެޓު 95 ޖީ 2 އިންނެވެ. އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ މިއަދު ހެނދުނު 7:00 ހާއިރުއެެވެ. ރޭ ފަތިހުން ފެށިގެން ގިނަ އަދަދެއްގެ ފުލުހުންނާއި އެކު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ފްލެޓު ބަލައި ފާސް ކުރުމަށް ފުލުހުން ގިނަ އިރު ތަކެއް ނަގާފައިވެއެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާގައި މިއަދު ހައްޔަރު ކުރެވުނު މީހާއަކީ ބޮން ގޮއްވާލި ހާދިސާގެ ތުހުމަތުގައި ފުލުހުން ހޯދަން އިއްލާން ކުރި މީހާއެވެ. ފުލުހުން އާއްމުކޮށްފައިވާ ވިޑިއޯއިން ފެންނަ ގޮތުގައި ރައީސް ނަޝިދަށް އަމާޒުކޮށް ބޮން ގޮއްވާލުމަށް އެމީހާ ދުވެފައިދާ މަންޒަރު ފެނެއެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާ އާއި ގުޅިގެން ފުލުހުން އިއްޔެ ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން އިއްޔެ ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދުއެވެ. މީގެ ތެރެއިން ތަހުމީން އަލީ އަލީ ހަމަލާގައި ގޮއްވާލި ސައިކަލުގެ ވެރިމީހާ އެވެ.

ތަފްސީލް އަންނަނީ…