Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަނަށް ގެންދަނީ

ރައީސް ނަޝީދަށް އަމާޒުކޮށް ގޮށްވާލި ސައިކަލު--

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިތުރު ފަރުވާ ދިނުމަށް ޖަރުމަނަށް ގެންދިއުމަށް އާއިލާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފިއެވެ.

ރައީސް ނަޝީދުގެ ބޭބެ ޑރ. އިބްރާހިމް ނާޝިދު އާއި ހަވާލާދީ "ޖަޒީރާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ނަޝީދަށް އިތުރު ފަރުވާ ދިނުމަށް ޖަރުމަނަށް ގެންދިއުމަށް އާއިލާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އާއިލާއިން މަސައްކަތް ކުރަނީ ވީއެންމެ އަވަހަކަށް އެމަނިކުފާން ޖަރުމަނަށް ގެންދިއުމަށްކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ހަށިގަނޑަށް ލިބިފައިވާ ގެއްލުންތައް–

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާ އާއި ގުޅިގެން އެމަނިކުފާނަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އޭޑީކޭ ހޮސްޕިޓަލަށް އެެމަނިކުފާން ގެންދެވުނުތާ 10 މިނިޓު ތެރޭގައި އެމަނިކުފާންގެ ސީރިއަސް އޮޕަރޭޝަންތަކެއް ކޮށް ފުރާނަ ސަލާމަތްކޮށްފައިވާ އިރު އަދިވެސް އެެމަނިކުފާނަށް ފަރުވާދެމުން ދަނީ އޭޑީކޭގެ އައިސީޔޫގައެވެ.

އޮޕަރޭޝަންތަކަށް ފަހު މިހާރު އެމަނިކުފާނާއި އާއިލާ ބޭފުޅުންނާއި ބައްދަލު ކުރެވޭއިރު ހާލު ވަރަށް އަވަސް ސްޕީޑެއްގައި ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހުން ހައްޔަރުކޮށް ތަހްގީގު ވަނީ ފަށާފައެވެ.