Last Updated: June 4, 20:19
Thursday, June 4, 2026
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ހިޔާނާތުގެ ފައިސާއެއް ނުލިބޭ، ދައުރުވަނީ ދޮގު ވާހަކަ: ދުންޔާ

ދުންޔާ މައުމޫން

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކޮށް ދައުރު ކުރަނީ ދޮގު ވާހަކަތަކެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓެއް ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ލިސްޓުގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާއަށް ވެސް އެ ފައިސާ ލިބުނު ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ކުރި ޓްވީޓެއްގައި ދުންޔާ ވިދާޅުވެފައިވަނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށްބުނެ ފެތުރޭ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން އެއްވެސް ވަރެއްގެ މަންފާއެއް ލިބިފައިނުވާކަމަށްވެސް ދުންޔާ ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ބުނާ މީހުންގެ ލިސްޓެއް ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި އާންމުވެފައިވަނީ ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް އެސެޓް ރިކަވަރީ ކޮމިޝަނުން ހިއްސާކޮށްފައިވަނިކޮށެވެ.