Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު ކޮވިޑު-19

ސިޓީ ކައުންސިލް މުވައްޒަފުންތަކެއް ޕޮޒިޓިވްވެ ބައެއް މަސައްކަތްތައް މަޑުޖައްސާލައިފި

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް

މާލެސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ބައެއް މަސައްކަތްތައް މަޑުޖައްސާލަން ޖެހިފައިވާ ކަމަށް މާލެސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިކަން ހާމަކުރައްވާފައިވަނީ ވިހާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ނެހެދެނީތޯ މީހަކު ސުވާލު ކުރުމުން ކުރި ޓްވީޓެއްގައެވެ.

މޭޔަރު ޝިފާ ވިދާޅުވީ ސިޓީ ކައުންސިލްގެ މަލްޓި ސެކްޝަންގެ ގިނަ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އެހެންކަމުން އެ ސެކްޝަންގެ މަސައްކަތްތައް 10 ދުވަހަށް މަޑުޖައްސާލަން ޖެހިފައިވާ ކަމަށްވެސް މޭޔަރު ޝިފާ ވިދާޅުވިއެވެ. އެހެންނަމަވެސް އޮންލައިންކޮށް ހިދުމަތްތަކަށް އެދެވޭނެކަން ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުން އަންނައިރު މާލޭގެ ހާލަތު އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި އެސަބަބާއި ގުޅިގެން މާލޭގައި ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަ ކޮށްފައެވެ.