Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު ކޮވިޑު-19

ފްރަންޓްލައިން މަސައްކަތްތެރިންނަށް އެކަމަޑޭޝަން ހޯދަން އިއުލާނުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތްކުރައްވާ ފްރަންޓްލައިން މަސައްކަތްތެރިންނަށް އެކަމަޑޭޝަން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ފްރަންޓްލައިން މަސައްކަތްތެރިންނަށް އެކަމަޑޭޝަން ހަމަޖައްސައިދޭން ބޭނުންވާ ފަރާތްތައް 23 މޭ 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 31 މޭ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން އީމެއިލް ކުރެއްވުމަށެވެ.

އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2 ޖޫން 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ހެލްތް މިނިސްޓްރީގައި ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލޭގައި ކޮވިޑް-19 ބާރު ސްޕީޑެއްގައި ފެތުރެމުން އަންނައިރު ބަލި ކޮންޓްރޯލް ކުރުމަށް ވަނީ ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެހެންނަމަވެސް ކޮންމެދުވަހަކުވެސް ގިނަ ބަޔަކު އަންނަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ.