Last Updated: October 15, 21:53
Saturday, October 16, 2021
ޚަބަރު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ

ހަމަލާގެ އަޑި ނުހޯދޭނަމަ، އެކުރެވެނީ ތަހުގީގެއްނޫން: އިމްތިޔާޒް

މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: ރައްޔިތުންގެެ މަޖިލިސް

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ އަޑި ނުހޯދޭނަމަ، އެކުރެވެނީ ތަހުގީގެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިމްތިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއަކީ އެމަނިކުފާނު މަރާލުމަށް ދިން ހަމަލާއެއްކަމަށެވެ.

އަދި ހަމަލާގެ އަޑި ނުހޯދޭ ނަމަ އެކުރެވެނީ ތަހުޤީޤެއް ނޫން ކަމަށާއި، އެ ޤާއިމުކުރެވެނީ އިންސާފެއް ނޫން ކަމަށް އަދި އެ ހޯދައިދެވެނީ ރައްކާތެރިކަމެއް ނޫން ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒް މިފަދައިން ޓްވީޓް ކުރައްވާފައި މިވަނީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދުމަށް ގޮވާލާ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ސޯޝަލްމީޑިއާގައި އަޑުއުފުލަމުން އަންނަ ދަނޑިވަޅެއްގައެވެ.