Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު ޝަރުއީ ދާއިރާ

ކޮނޑޭ ކައުންސިލް ރައީސްގެ ވޯޓު އަލުން ގުނަން ހުކުމްކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓު: ފޮޓޯ / އަވަސް

ގއ. ކޮނޑޭ ކައުންސިލް ރައީސްގެ ވޯޓު އަލުން ގުނުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

އޭޕްރިލް 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓާ ގުޅޭގޮތުން ހައިކޯޓުން ބެލި މައްސަލައެއް ބަލާފައިވަނީ ގއ. ކޮނޑޭ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި އެރަށު ހެލެގެލި، ޝުއައިބު މުހައްމަދު ދީދީ އިންތިޚާބީ ޝަކުވާ ހުށައެޅީ ބާތިލް ވޯޓާއި ސައްހަ ވޯޓް ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރި ގޮތުންނެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ތިން ވޯޓު ފޮށްޓެއްގެ ވޯޓާމެދު ކޮށްފައިވާ ޝަކުވާތަކަށާއި، އެ ޝަކުވާތަކާ ގުޅިގެން އީސީން އަމަލުކޮށްފައިވާ ގޮތަށާއި، އެ ޝަކުވާތަކާ ގުޅިގެން ޝަރީއަތުން ބެލި ކަންކަމުން، އެ ތިން ފޮށީގެ ހާއްސަ ސެކިއުރިޓީ އުރަ ކަނޑަންޖެހޭ ހާލަތެއް ދިމާވެފައިވާކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުން އިއްތިފާޤުވާކަމަށެވެ.

އެހެންކަމުން އެ ވޯޓު ފޮށިތަކުގެ އެންމެހައި ވޯޓެއް ގުނާ، އަލުން ނަތީޖާ ކަނޑައެޅުމަށް، އީސީގެ މައްޗަށް އަމުރުކުރާކަމަށް ހައިކޯޓުގެ ހުކުމުގައިވެއެވެ.

ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑީޔާރު އަބްދުއްރައޫފު އިބްރާހިމް އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.