Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު ކޮވިޑު-19

ކޮވިޑް ޖެހިގެން އިތުރު މަރެއް، ޖުމުލަ އަދަދު 144 ކަށް

ކޮވިޑުގައި މަރުވި މީހެއް ވަޅުލުމުގެ މަސައްކަތުގައި، ފޮޓޯ: ޕީއެސްއެމް

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު ހެނދުނު 07:40 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ. މިއާއެކު ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 144 ކަށް އަރާފައެެވެ.

އިއްޔަ ރާއްޖެއިން ވަނީ ކޮވިޑް-19 ގައި 13 މީހުން މަރުވެފައެވެ.