Last Updated: May 9, 20:14
Thursday, May 9, 2024
ޚަބަރު ގދ. ތިނަދޫ

ތިނަދޫން މިއަދު 17 މީހުން ކޮވިޑަށް ޕޮޒިޓިވް!

ގދ. ތިނަދޫއިން މިއަދު 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ތިނަދޫއިން މިއަދު 17 މީހުން ޕޮޒިޓިވްވީ އިރު އެރަށުގެ އެކްޓިވް ކޭސް މިވަނީ 98 އަށް އަރާފައެވެ.

ތިނަދޫގައި ހުންނަ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 14 މީހުންނަކީ ކޮވިޑަށް ޕޮޒިޓިވްވީ މީހުންނާއި ޑައިރެކްޓު ކޮންޓެކްޓުވެފައިވާ މީހުންނެވެ. އަދި ހޯމް ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހހު ނެގި ސާމްޕަލްގެ ތެރެއިން 2 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު ބަލީގެ އަލާމާތް ހުރެގެން ދެއްކި މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ތިނަދޫގައި ކޮވިޑު ކޮންޓްރޯލް ކުރުމުގެ ގޮތުން ހަވީރު 4 އިން ފެށިގެން ފަތިހު 4 ޖެހުމާއި ހަމައަށް ވަނީ ކާފިއު އިއްލާންކޮށްފައެވެ.