Last Updated: June 4, 20:19
Thursday, June 4, 2026
ޚަބަރު ކޮވިޑު މަރު

ކޮވިޑުގެ މިއަދުގެ ފުރަތަމަ މަރު، އަދަދު 157އަށް

ކޮވިޑަށް ފަރުވާ ދެމުން ދިޔަ ދިވެއްސަކު މިއަދު މަރުވެއްޖެއެވެ.

މިއަދު މަރުވި މީހަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދިޔަ އުމުރުން 86 އަހަރުގެ ފިރިހެނެކެވެ. މިމީހާ އާއި އެކު ކޮވިޑުގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 157 އަށް އަރާފައެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން 5 މީހަކު ވަނީ ކޮވިޑު ބަލީގައި ނިޔާވެފައެވެ.

މި މަހު މިހާތަނަށް ކޮވިޑު ޖެހިގެން 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.