Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު ކޮވިޑު-19

ފަރެސްމާތޮޑާ މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ގދ. ފަރެސްމާތޮޑާ: ފޮޓޯ - ނަޖް

ގދ. ފަރެސްމާތޮޑާ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ފަރެސްމާތޮޑާ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މޭ 19 ވަނަ ދުވަހު އެރަށު ސިއްހީ މަރުކަޒަށް ދެއްކި، މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރާ ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މިއާއެކު މިވަގުތު ރާއްޖޭގެ 73 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގެ ހާލަތުގައި އޮތީ ޅ. ނައިފަރެވެ. ނައިފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މާޗް 3 ވަނަ ދުވަހުއެވެ.

އިއްޔަ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 780 މީހުންނެވެ. އޭގެތެރެއިން 571 މީހުން މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާއިރު، އަތޮޅުތެރެއިން 205 ކޭސް ފެނިފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 24،205 ކޭސް އެވެ. މި ބަލިން 39،314 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 218 މީހަކަށެވެ. މި ބަލީގައި 158 މީހަކު ވަނީ ނިޔާވެފައެވެ.