Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު ކޮވިޑު މަރު

އޭދަފުށީ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެ

ބ. އޭދަފުށީ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ރ. ހުޅުދުއްފާރަށް ނިސްބަތްވާ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ މަރުވެފައިވަނީ ފަތިހު 4؛40 ހާއިރު ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މި ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ފުރަތަމަ މީހާއެވެ.

ކޮވިޑުގައި އިއްޔެވެސް ރާއްޖެއިން ތިން މީހަކުވަނީ މަރުވެފައެވެ. މިހާތަނަށް ރާއްޖެއިން 162 މީހަކު ވަނީ ކޮވިޑު ޖެހިގެން މަރުވެފައެވެ.