Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު އެމްޑީޕީ

ކިޔަން ބޭނުން ނުވިޔަސް އެމްޑީޕީގެ އެންމެ "އިސް ލީޑަރު"އަކީ ރައީސް ސޯލިހް: މޫކޭ

އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލީ މަނިކް-- ފޮޓޯ: ރައީސް އޮފީސް

ކިޔަން ބޭނުން ނުވިޔަސް އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ އެމްޑީ މޫސާ އަލީ މަނިކް (މޫކޭ) ވިދާޅުވެއްޖެއެވެ.

މޫކޭ މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ އެތެރޭގައި އަދި ޕާލިމެންޓަރީ ގްރޫޕްގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު މުހައްމަދު ހަލީމް (ދޮންބިލެތް) ހާމަކޮށް ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވައެވެ.

އެގޮތުން މޫކާ ވިދާޅުވެފައިވަނީ ޙަސަދަވެރި ހިތްތައް ފަޅައިގެން ހިނގައްޖެކަމަށާއި، އަދި އެމީހުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ސޯލިހް ފަހަތަކަށް ނުޖެއްސުނު ކަމަށެވެ.

މުކޭ ވިދާޅުވީ ބަޔަކު ކިޔަން ބޭނުން ނުވިނަމަވެސް އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ މިއަދު ރައީސް ސޯލިހް ކަމަށެވެ. އަދި އެމަނިކުފާނު ބަލިކުރުމަށް ރާވާ ކޮންމެ ރޭވުމަކުން އެމަނިކުފާނު މޮޅުވަނީ މަޑުމައިތިރި ކަމާއި ކެތްތެރިކަމާއެކުކަމަށެވެ.

"ރަސްކަމަށް ރާއްޖެ ދެނެއް ނުގެންދެވޭނެ." މޫކޭގެ ޓްވީޓްގައިވެއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސް ކަމުގައި މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން އަންނަނީ ފާޅުގައި ރައީސް ސޯލިހަށް ފާޑުވިދާޅުވެ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވަމުންނެވެ. އަދި ރައިސް މުހައްމަދު ނަޝީދުވެސް ވަނީ އެމަނިކުފާނު ބޭނުންވާ ގޮތަށް ސަރުކާރު ނުދާކަމަށާއި، އަންނަ އިންތިހާބެއްގައި ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.