Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު ހުޅުމީދޫ

ބޮޑު ޗުއްޓީގައި ކުދިން ފޫހިވާން ހުޅުމީދޫ ފުލުހުން ދުލެއް ނުކުރި

ހުޅުމީދޫ ކުދިންނަށް ފަތަން ދަސްކޮށްދޭން ފުލުހުން ޕްރޮގުރާމް ކުރިއަށް ގެންދަނީ

މިއަހަރު ސްކޫލް ބޮޑު ބަންދާއި ބޮޑު އީދު ބަންދާއި މިނިވަން ދުވަހުގެ ބަންދު ބައްދަލު ކުރީ އެކު އެކީގައި އެވެ. ކޮވިޑްގެ ވަބާއާ ހުރެ ޗުއްޓީއެއްގައިވެސް ގެއިން ބޭރަށް ނުނިކުމެ ދެ އަހަރުވީ އެވެ. އެހެން ނަމަވެސް މިހާރު ލިބިފައިވާ ލުއިތަކާއެކު ހުޅުމީދޫ ފުލުހުން ވަނީ އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫގެ ދަރިވަރުން މި ޗުއްޓީ ހެޔޮ ގޮތޮގައި ބޭނުން ކުރެވޭނެ ހަރަކާތްތަކެއް ހިންގަން ފަށާފައި އެވެ.

145 ކުދިންނާއެކު ފަތަން ދަސްކޮށްދޭ ޕްރޮގުރާމެއް

މި ލިބުނު ޗުއްޓީއާއެކު ހުޅުމީދޫ ފުލުހުން ވަނީ ސްކޫލް ކުދިންނަށް ފަތަން ދަސްކޮށްދޭ ޕްރޮގުރާމެއް ފަށާފައި އެވެ. ދަސްކުރަން ބޭނުންވާ ހުރިހާ ކުދިންނަށްވެސް ބައިވެރިވެވޭ ގޮތައް ހުޅުވާޅި މި ޕްރޮގުރާމްގައި 145 ކުދިން ހުޅުދޫ އާއި މީދޫ އިން ބައިވެރިވެފައިވެ އެވެ. މިހާ ގިނަ އަދަދެއްގެ ކުދިންނާއެކު މި ފްރޮގުރާމް ކުރިއަށް ގެންދަނީ ކޮންމެ ދުވަހެއްގެ ދެން ދަންފަޅިއެއްގައި އެވެ. އެއީ ކޮންމެ ދުވަހެއްގައި ފަސް ކްލާސް ކުރިއަށްދާނެވެ.

ހުޅުމީދޫ ކުދިންނަށް ފަތަން ދަސްކޮށްދޭން ފުލުހުން ޕްރޮގުރާމް ކުރިއަށް ގެންދަނީ

މި މަހުގެ 12 ވަނަ ދުވަހު ފެށި ޕްރޮގުރާމް 20 ދުވަހަށް ކުރިއަށް ގެންދަން ހަމަ ޖައްސާފައިވާއިރު ފަތަން ދަސްކުރާ ބައިވެރިންނަށް ސެޓްފިކެޓްވެސް ދޭ ގޮތައް ހަމަ ޖެހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފައީސާގެ އިނާމް ލިބޭ ކުރެހުމުގެ މުބާރާތެއް

މި ބޮޑު ޗުއްޓީގައި ހުޅުމީދޫ ފުލުހުން ވަނީ ހުޅުދޫ އާއި މީދޫގައި އުޅޭ ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކުރެހުމުގެ މުބާރާތެއް އިއުލާންކޮށްފައި އެވެ. އުމުރުން 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް ބައިވެރިވެވޭ ގޮތައް މި މުބާރާތުގައި އިޖްތިމާއީ ނުވަތަ ތިމާވެށީގެ ކޮންމެވެސް މައްސަލައަކަށް ޕޯސްޓަރު ކުރެހިދާނެ އެވެ.

"މި މުބާރާތުން ހޮވޭ އެންމެ ރީތި 4 ޕޯސްޓަރު ހުޅުމީދޫގެ ހަތަރު ސަރަހައްދެއްގައި ކެންވެސްއެއްގައި ޕްރިންޓްކޮށް ޑިސްޕްލޭ ކުރެވޭނެ" ހުޅުމީދޫއިން ޕޮލިހުން އާއްްމުކުރި އިއުލާންގައިވެ އެވެ.

މި މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރީކުރި ކުދިންނަށް މި މަހުގެ 30 ވަނަ ދުވަހުގެ 14.00 ނިޔަލަށް އޮންނާނެ އެވެ.

hulhumeedhoo
ބޮޑު ޗުއްޓީގައި ހުޅުމީދޫއަށް ހާއްސަކޮށްގެން އިއުލާންކޮށްފައިވާ ކުރެހުމުގެ މުބާރާތުގެ އިޝްތިހާރު ޕޯސްޓެްް

މި މުބާރާތުގައި ވަނަ ހޮވާނީ 13 އަަހަރުން ދަަށާއި 13 އަަހަރުން މަތީގެ ކެޓަގަރީއަކަށް ވަކިންނެވެ. އެގޮތުން ކޮންމެ އުމުރު ފުރައަކުންވެސް އެއްް ވަނައަށް ހޮވޭ ދަރިވަރަކަށް 1500.ރ ދެ ވަނައަށް 1000.ރ އަދި ތިން ވަނައަށް 500.ރ ދިނުމަށް ހަމަ ޖެހިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ހުޅުމީދޫ ފުލުހުން ފާހަގަ ކުރެވެނީ ކުޑަކުދިންނާއި އާއްްމުންނާ ގުޅުންހުރި އެކި އެކި ހަރާކާތްތައްް ހިންގާ ޕޮލިސް ސްޓޭޝަނެއްގެ ގޮތުގައި އެވެ. މިވެސް އެގޮތުން ފާހަގަ ކުރެވުނު ތަފާތުކަމެކެވެ.