Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު ކޮވިޑު-19

މޮނިޓަރިންގެ ހާލަތުގައި އޮތީ 15 ރަށެއް

ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް-19 އާއި ގުޅިގެން މިވަގުތު ރާއްޖެއިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އޮތީ 15 ރަށެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ރޭ 10:00 އާ ހަމައަށް ރާއްޖެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ 15 ރަށެއް ކަމަށެވެ.

މޮނިޓަރިންގައި ހުރި ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަހު މިހާރު މޮނިޓަރިންގައި އޮތީ ގދ. ތިނަދޫ އެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އޭޕްރިލް 24 ވަނަ ދުވަހުއެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ފަހުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ތ. ކިނބިދޫ އެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އަންގާރަ ދުވަހުއެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 76،188 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2619 ކަމަށްވާއިރު އޭގެތެރެއިން 8 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 73،340 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 218 މީހަކު ވަނީ ނިޔާވެފައެވެ.