Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ކޮވިޑު ވެކްސިން

ދައުލަތުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަކުރަން އަންގައިފި

ނައިބު ރައީސް ވެކްސިން ޖައްސަވަނީ - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކުގެ ހުރިހާ މުއައްޒަފުން ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިން އަންގައިފި އެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ސާރކިއުލާގައި ރާއްޖޭ ގައި ދިރިއުޅޭ އެންމެންނަށް ކޮވިޑް-19 ގެ ވެކްސިންދީ ފުރިހަމަކުރުމުގެ ކެމްޕެއިން މިހާރު މިވަނީ މާލެއާއި އަތޮޅުތަކުގައި ފަށާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފުރިހަމަކުރެވޭ ވަރަށް ރާއްޖެއަށް މިވަނީ ވެކްސިން ލިބިފަވާ ކަމަށް އެ ސާރކިއުލާގައި ފާހަގަ ކޮށްފައިވެ އެވެ.

"މި ފުރުޞަތުގެ ބޭނުން އެންމެ ފުރިމައަށް ހިފައި ވެކްސިން ޖެހުމަކީ ކޮވިޑް-19 އިން ރައްކާތެރިކަން ލިބިގަތުމަށާއި ބަލީގެ ނުރައްކާތެރިކަން ކުޑަކުރުމަށް ވަރަށް މުހިންމު ކަމެކެވެ. ވީމާ، ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ ހުރިހާ މުއައްޒަފުންނަކީ ވެކްސިން ފުރިހަމަވެފައިވާ މީހުންކަމުގައި ހައްދަވައި ދެއްވު މަށް ދަންނަވަމެވެ." އެޗްޕީއޭއިން ނެރުނު ސާރކިއުލާގައިވެ އެވެ."

ވެކްސިން ޖެހުމުގައި ދަތިވާނަމަ ނުވަތަ އިތުރު މައުލޫމާތާއި އެހީތެރިކަން ބޭނުންވާނަމަ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދ ނެކަމަށްވެސް އެޗްޕީއޭއިން ފާހަގަކޮށްފައިވެ އެވެ. ދައުލަތުގެ އޮފީސްތަކުގެ އިތުރުން ސަރުކާރުގެ އޮފީސްތަކަށްވެސް މި އެންގުން ވަނީ އަންގާފައި އެވެ.

ވެކްސިން ފުރިހަމަ ނުކުރާ ފަރާތަކަށް ހިދުމަތްދިނުމުގައި ތަފާތުތަކެއް ގެންގުޅުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ވަނީ އަޑުފެތުރިފައި އެވެ. އެހެން ނަމަވެސް ސަރުކާރުން ރަސްމީ ސިފައެއްގައި އެކަން އަދި އިއުލާންކޮށްފައެއްނުވެ އެވެ.