Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު ޕޮލިސް

ފުލުސް ހަތް އޮފިސަރަކު ވަކިކުރަން ޖެހޭ ކަމަށް ޕޮލިސް ބޯޑުން ނިންމައިިފި

ފުލުހުންގެ މައި އިދާރާ

ފުލުހުންގެ ހަތް އޮފިސަރަކު ވަކިކުރަން ފެންނަ ކަމަށް ޕޮލިސް ބޯޑުން ނިންމައިިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ އެ ނިންމުން އަދި ރަސްމީކޮށް އެއްވެސް އިދާރާއަކުންނ ހާމައެއްނުކުރެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުން ފުލުހުންގެ ލީޑަރޝިޕްގައި ތިބީ ގާބިލް އެކަށީގެންވާ ބައެއްތޯ ކަށަވަރުކުރުމަށް ޕޮލިސް ބޯޑުން ގޮތެއް ނިންމަން އެ ގާނޫން ކަނޑައަޅާފައިވާ މުއްދަތު ހަމަވިއިރު އެ ނިންމުން ވަނީ ނިންމާފައި އެވެ.
މި ނިންމުމުގައިވާ ގޮތުން ފުލުހުންގެ އޮފިސަަރުގެ މަގާމުން ވަކިކުރަން ފެންނަ ކަމަށް ނިންމާފައިވަނީ މަގާމުން ވަކިކުރަން ނިންމި ހަތް އޮފިސަރުންގެ ތެރޭގައި ތިން އެސިސްޓެންޑް ޕޮލިސް ކޮމިޝަނަރުން ހިމެނެ އެެވެ. އެއީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އަދި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ) އެވެ

ދެން ހިމެނެނީ ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފުގެ އިތުރުން
ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

މީގެ ތެރޭގައި ހިމެނޭ ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން މީގެ ކުރިން ސަސްޕެންޑްކުރި ދެ އޮފިސަރުންނެވެ.
ފުލުހުންގެ ބޯޑުގެ މެމްބަރުން:
އަލީ ފާއިޒު (ރައީސް)
އަހުމަދު ފަޔާޒް ހަސަން (ނާއިބް ރައީސް)
އާއިޝަތު ނޫރާ މުހައްމަދު
އަހުމަދު ނާޝިދު
އާދަމް އިބްރާހީމް
ހާމިދު އަބްދުލްޣަފޫރު
ސަފާ ޝަރީފް
ފުލުހުންގެ ލީޑަރޝިޕްގައި ތިބީ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރަން ގާބިލް އަދި ފުރިހަމަ ތަމްރީން ލިބިގެން ލިބިފައިވާ އޮފިސަރުންތޯ ޕޮލިސް ބޯޑުން ކަނޑައެޅުމަށް ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ހަތަރު މަސް ދުވަހުގެ މުއްދަތު މިއަދަށް ވަނީ ހަމަވެފައި އެވެ. މިއަދު އެވެ. ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒުކުރަން ޖެހޭނީ ޕޮލިސް ކޮމިޝަނަރެވެ.