Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ރައީސް ސޯލިހު

ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުން، ރައީސަށް ބޮޑު އުފަލެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

މިއަހަރު ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބުމަކީ ބޮޑު އުފަލެއް ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވަން ސާފްގެ މެމްބަރު ގައުމުތަކުގެ ބައްދަލުވުމުން ނިންމާ ގުޅިގެން ރައީސް ވަނީ އެކަމާ އުފާފާޅު ކުރައްވާ ޓުވީޓު ކުރައްވާ އެމަނިކުފާނުގެ އިހްސާސްތައް ހިއްސާ ކުރައްވާފައި އެވެ. އަދި އެ ފުރުސަތު ރާއްޖެއަށް ލިބުނީތީ އެފްއޭއެމް އަށާއި އެ ފުރުސަތު ރާއްޖެއަށް ހޯދަދޭން ބުރަކޮށް މަސައްކަތް ކުރި ހުރިހާ ފަރާތްތަކަކަށް މަރުހަބާ ދަންނަވާފައި އެވެ.

މިއީ ރާއްޖޭގައި މި މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބޭ ދެވަނަ ފަހަރެވެ. މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 1 ކުން 15 ގެ ނިޔަލަށެވެ.

އެންމެފަހުން ރާއްޖޭގައި މުބާރާތް ބޭއްވި 2008 ވަނަ އަހަރު ރާއްޖެއިން ވަނީ މުބާރާތުގެ ޗެމްޕިއަންކަންވެސް ނަގާފައެވެ. އަދި އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަންވެސް ރާއްޖެއިން ހޯދާފައިވެއެވެ.