Last Updated: May 2, 19:20
Thursday, May 2, 2024
ޚަބަރު ކޮވިޑު މަރު

އައްޑޫން ކޮވިޑް ޖެހިގެން 3 ވަނަ މީހަކު މަރުވެއްޖެ

އައްޑޫސިޓީން ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އުމުރުން 92 އަހަރުގެ އަންހެނެކެވެ.

މި މީހާއަކީ ކަރަންޓީންގައި ހުރި މީހެއްކަމަށާއި، އެމީހާ އައްޑޫ ކޮވިޑް މެޑިކަލް ފެސިލިޓީއަށް ގެނެއުމުން މަރުވިކަމަށް ނިންމާފައިވަނީ 07:20 ގައި ކަމަށެވެ. މިއީ އައްޑޫން ކޮވީދް-19 ގައި މަރުވި 3 ވަނަ މީހާއެވެ. އަދި މިއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 224 އަށް އަރާފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 79،959 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1648 ކޭސް އެވެ. މި ބަލިން 78،076 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 16 މީހަކަށެވެ.