Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު ކޮވިޑު އަތޮޅުތަކަށް

17 ރަށެއް މޮނިޓަރިންގައި

ކޮވިޑް-19 ބަލި މީހުންގެ ސާމްޕަލް ނެގުމަށް ހަރަކާތްތެރިވަނީ-- ފޮޓޯ: އައްޑޫލައިވް

ކޮވިޑް-19 އާ ގުޅިގެން 17 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ހެނދުނު 11:00 އާ ހަމައަށް މޮނިޓަރިންގެ ހާލަތުގައި އޮތީ 17 ރަށެއް ކަމަށެވެ.

އެގޮތުން މޮނިޓަރިންގެ ހާލަތުގައި އޮތީ، ރ. ދުވާފަރު، ކ. ކާށިދޫ، ށ. ފީވަށް، ހަ. ތަކަންދޫ، ދ. ކުޑަހުވަދޫ، އއ. ހިމަންދޫ، ހދ. މަކުނުދޫ، އދ. ހަންޏާމީދޫ، ހދ. ނެއްލައިދޫ، ހއ. އިހަވަންދޫ، ގދ. ތިނަދޫ، ގއ. މާމެންދޫ، ގއ. ކަނޑުހުޅުދޫ، މ. މަޑުއްވަރި، ކ. ގާފަރު، ފުވައްމުލަކުސިޓީ އަދި ގދ. ގައްދޫ އެވެ.

މީގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތީ ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މޭ 25 ވަނަ ދުވަހުއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 80،067 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1641 ކޭސް އެވެ. މި ބަލިން 78،189 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 16 މީހަކަށެވެ. މި ބަލީގައި 225 މީހަކު ވަނީ ނިޔާވެފައެވެ.