Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު ކޮވިޑު އަތޮޅުތަކަށް

ކޮވިޑް-19: 17 ރަށެއް މޮނިޓަރިންގައި

ކޮވިޑް ޓެސްޓްަ ކުރުމަށް ސާމަޕް ނަގަނީ

ކޮވިޑް-19 އާ ގުޅިގެން 17 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ހެނދުނު 9:00 އާ ހަމައަށް މޮނިޓަރިންގެ ހާލަތުގައި އޮތީ 17 ރަށެއް ކަމަށެވެ.

އެގޮތުން މޮނިޓަރިންގެ ހާލަތުގައި އޮތީ، ރ. ދުވާފަރު، ކ. ކާށިދޫ، ށ. ފީވަށް، ހަ. ތަކަންދޫ، ދ. ކުޑަހުވަދޫ، އއ. ހިމަންދޫ، އދ. ހަންޏާމީދޫ، ހދ. ނެއްލައިދޫ، ހއ. އިހަވަންދޫ، ގދ. ތިނަދޫ، ގއ. މާމެންދޫ، ގއ. ކަނޑުހުޅުދޫ، މ. މަޑުއްވަރި، ކ. ގާފަރު، ފުވައްމުލަކުސިޓީ، ގދ. ގައްދޫ އަދި ގދ. މަޑަވެލި އެވެ.

މީގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތީ ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މޭ 25 ވަނަ ދުވަހުއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 80،328 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1682 ކޭސް އެވެ. މި ބަލިން 78،408 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 13 މީހަކަށެވެ. މި ބަލީގައި 225 މީހަކު ވަނީ ނިޔާވެފައެވެ.