އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބޭރުގެ ޓީޗަރުން ގެނައުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމް މާއްދާ ކިޔަވައިދިނުމަށް ބިދޭސީން ގެނައުމަކީ ނުރައްކާތެރި އަދި ނަތި ފިޔަވަޅަކަށް ވެދާނެކަމަށެވެ.
"ބޭރުން ގެންނަ މީހަކީ އެކްސްޓްރީމިޒަމް، ޓެރަރިޒަމްގެ އެޖެންޓެއް ނޫންކަން ކަށަވަރު ކުރަން ދަތިވާނެ." އާދަމް ޝަރީފްގެ ޓްވީޓްގައިވެއެވެ.
އާދަމް ޝަރީފް ވިދާޅުވީ މިގޮތަށް ބޭރުން ޓީޗަރުން ގެންނަނަމަ ކުދިން ތަރުބިއްޔަތު ނުކުރެވޭނެކަމަށާއި، އިސްލާމް ކިޔަވައިދޭ ބަސް ބަދަލުވުމުކީވެސް މައްސަލައަކަށް ވާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ވެސް ގެއްލޭނެކަމަށް ވިދާޅުވިވެއެވެ.
Miee varah nurakkaa, kathyi fiyavalhakah vedhaane! Beyrun genna meehakee extremism, terrorism ge agenteh noonkan kashavarukuran dhathivaane! Kudhin tharubiyyatheh nukureveyne! Language akee ves issue akah vaane! Dhivehinnah vazeefaage furusathu gelleyne! https://t.co/iV9TpVuzut
— Adam Shareef Umar (@Adamshareefz) August 29, 2021
އިސްލާމް ކިޔަވައިދިނުމަށް ކޮންމެވެސް ވަރަކަށް ރާއްޖެއިން ބޭރުން ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ "މޭ 6" ކޮމިޓީން ރޭ އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައެވެ.