Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ވެލާނާ ގޭގައި ބޮމް ސްކޮޑުން އަންނަނީ ހަރަކާތްތެރިވަމުން: އެމްއެންޑީއެފް

އެމްއެންޑީއެފް ބޮމް ސްކޮޑުން މީގެ ކުރިން މާލޭގައި ހަރަކާތްތެރިވަނީ--

ޓޫރިޒަމް މިނިސްޓްރީއަށް "ގޮތް ނޭންގޭ ޕެކޭޖެއް" ލިބިފައި އޮތުމުން ބޮމް ސްކޮޑުން ހަރަކާތްތެރިވަމުން އަންނަކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ޓޫރިޒަމް މިނިސްޓްރީ ތެރެއިން ގޮތް ނޭންގޭ އެއްޗެއް ފެނިގެން ރިޕޯޓް ކުރުމުން ބޮމް ސްކޮޑުން ހަރަކާތްތެރިވަމުން އަންނަކަން ވަނީ ކަށވަރު ކޮށްދީފައެވެ.

އެމްއެންޑީއެފުން ވަނީ އޮފީސް ތަކުން ގޮތް ނޭންގޭ ތަކެއްޗާއި ހަވާލު ނުވުމަށް އިލްތިމާސްވެސް ކޮށްފައެވެ.

ވެލާނާގޭގައި ހިންގާ ޓޫރިޒަމް މިނިސްޓްރީގެ އޮފީހުން މުވައްޒަފުން ނެރެ ހުސްކޮށް ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ހުސްކޮށްފައިވާކަން "އައްޑޫލައިވް"އަށް ވަނީ ކަށަވަރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީއަށް ގޮތް ނޭންގޭ ޕެކޭޖެއް ލިބުމުން ސިފައިން ހަރަކާތްތެރިވަމުން އަންނައިރު، މިކަމަކީ ގޮތް ނޭންގޭ ޕްކޭޖްތައް ލިބުމުން އަމަލުކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ކުރެވޭ ކަމެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޓޫރިޒަމް މިނިސްޓްރީއަށް "ގޮތް ނޭންގޭ ޕެކޭޖެއް" ލިބުމުން ސިފައިން ހަރަކާތްތެރިވަނީ