Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު ކޮވިޑު ވެކްސިން

ކޮވިޑް ވެކްސިން ނުޖަހާ މީހުންނަށް މިހާރު ބައެއް ހިދުމަތްތައް ނުލިބޭނެ

ވެކްސިން ޖެހުން ކުރިއަށްދަނީ - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ނުޖަހާ ތިބި މީހުންނަށް ބައެއް ހިދުމަތްތައް މިއަދު ފެށިގެން ނުލިބޭނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ކޮވިޑްގެ ވެކްސިން ނުޖަހާ ފަރާތަކަށް ބައެއްް ހިދުމަތްތައް ދިނުން މިއަދުން ފެށިގެން މަނާވާނެ އެވެ.

އެގޮތުން ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން، ހިދުމަތް ހޯދޭނީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ކޮށްފައިވާ ނަމަ އެވެ. އެހެން ނޫނީ އެ މީހުންނަށް ހިދުމަތް ނުދިނުމަށް އިކޮނޮމިކް މިނިސްޓްރީން މިހާރު އަންގާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައި އެވެ. މީގެ އިތުރުން، އިމްޕޯޓް މުދާ ވިއްކާ ތަންތަނުންނާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ވެސް ކޮވިޑް ވެކްސިން ޖަހާފައިވާ މީހުންނަށް އިސްކަން ދިނުމަށް އެ މިނިސްޓްރީގެ އެންގުމުގައި ވެ އެވެ.

މީގެ އިތުރުން އެކި ކަހަލަ ވިޔަފާރިތައް ހިންގާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށާއި އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މީހުން، ޕީސީއާރު ޓެސްޓް ހަދައިގެން މަސައްކަތަށް ނުތުކުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގާފައި އެވެ. ހަމަ އެހެންމެ ވެކްސިން ދެ ޑޯޒް ފުރިހަމަކުރުމަށް ދައުލަތުގެ ހުރިހާ މުވައްޒަފުންނަށްވެސް ސަރުކާރުން ވަނީ އަންގާފައި އެވެ.