Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު ކޮވިޑު-19

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފި

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް - ފޮޓޯ: ހެލްތު މިނިސްޓްރީ

ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު،
އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދަމަހައްޓައިފި އެެވެ.

ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ގަރާރުގައި ވަނީ ކޮވިޑްގެ ބަލިމަޑުކަން ރާއްޖޭގައި އިތުރަށް ފެތުރިގެން ހިނގާދާނެ ކަމަށްޓަކައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

"އަދި ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުންގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަހުރެން އަންގަމެވެ." ހެލްތް މިނިސްޓަރ ނަސީމްގެ ގަރާރުގައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން އެކި ދުވަސްތަކުގައި އެ މުއްދަތު އިތުރުކުރަމުން އައިސްފައިވާއިރު އެންމެ ފަހުން ކަނޑައެޅި މުއްދަތު މިއަދަށް ހަމަވާނެ އެވެ.