Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ކޮވިޑު-19

އައްޑޫގެ ކޮވިޑްގެ ހާލަތު ދަށަށް: ހުޅުދޫ އާއި މީދޫ ވެސް މޮނިޓަރިންނަށް

އައްޑޫ ސިޓީ ހުޅުދޫ ބޮޑު މަގު:

ކޮވިޑު 19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އައްޑޫ ސިޓީ ހުޅޫދޫ އާއި މީދޫ މޮނިޓަރިނަށް ލައިފި އެވެ.

މި ދެ އަވަށް މޮނިޓަރިންނަށް ލުމާއެކު ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުން ވަނީ މަނާކޮށްފައި އެވެ. އަދި އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރަން ކައުންސިލް އިދާރާއާ އަށް ވަނީ އަންގާފައި އެވެ.

"މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑު-19) އިން
ރައްކާތެރިކުރުމަށް "ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު (7/2012) ގެ 12 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ
ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، މަތީގައިވާ ސަބަބަށްޓަކައި އިތުރަށް
ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން، މަތީގައި ބަޔާންކޮށްފައިވާ ރަށަކީ، މި ލިޔުން ނެރެފައިވާ ވަގުތުން
ފެށިގެން މޮނިޓަރ ކުރެވެމުންދާ ރަށެއްކަމަށް ކަނޑައަޅައިފީމެވެ." ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް މައިމޫނާ އަބޫބަރުކުރު ނެރުއްވި އަމުރުގައިވެ އެވެ.

އައްޑޫ ސިޓީގައި އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން އިތުރުވާން ފަށާފައި އެވެ. އެންމެ ފަހުން އައްޑޫ އިކްއޮޓޯރިއަލް ހޮސްޕިޓަލުން އާއްމު ކުރި މައުލޫމާތައް ބަލާއިރު ރޭގެ 6.00 ހަމައަށް އިތުރު 28 މީހަކަށް ވަނީ މި ބަލިޖެހިފައި އެވެ. އޭގެ ތެރެއިން އަލަށް އެންމެ ގިނަ މީހުން ފެނުނީ މަރަދޫ އިންނެވެ. މަރަދޫއިން އަލަށް 10 މީހުން ޕޮސިޓިވްވެފައިވާއިރު މީދޫ އިން އަލަށް 9 މީހަކު އަދި ހުޅުދޫއިންނާއި ފޭދޫއިން ދެ މީހަކު މި ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ އިތުރުން ހިތަދޫއިން މީހަކު އަލަށް ޕޮސިޓިވެފައިވެ އެވެ.

އައްޑޫ ސިޓީގައި މި ވަގުތު ކޮވިޑްޖެހިފައި 250 މީހުން ތިބިއިރު އޭގެ ތެރެއިން 4 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.