Last Updated: May 2, 20:59
Thursday, May 2, 2024
ޚަބަރު ކޮވިޑު މަރު

ކޮވިޑްގައި އިތުރު މަރެއް، ޖުމުލަ އަދަދު 232 އަށް

ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ހަދާފައިވާ ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ މީހުންތަކެއް. ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖެއިން ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރޭ ދަންވަރު 02:40 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 232 އަށް އަރާފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 85،042 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1505 ކޭސް އެވެ. މި ބަލިން 83،293 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 18 މީހަކަށެވެ.