Last Updated: May 2, 21:43
Friday, May 3, 2024
ޚަބަރު ކޮވިޑު މަރު

ކޮވިޑް-19 ގައި އިތުރު މަރެއް، ޖުމުލަ އަދަދު 240 އަށް

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރޭ ދަންވަރު 03:15 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން އައި މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު ކޮވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 240 އަށް އަރާފައެވެ.

ރާއްޖޭގައި މިހާތަނަށް 86،419 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ތިބީ 1311 މީހުންނެވެ. މިބަލި ޖެހުނު ޖުމުލަ 84،856 މީހުން ވަނީ ރަނގަޅުވެފައެވެ.