Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ނަރުހުގެ މަރު: ފިރިހެންމީހާ ގުޅުންބާއްވާ އަންހެން މީހާގެ ގެއިން ފުލުހުން ގިނަ ސާމާނުތަކެއް ގެންދިޔަ

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ފިލިޕީންސްގެ އަންހެން ނަރުހެއްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ، ގުޅުން ބާއްވަމުންއައި ދިވެހި ނަރުސް ދިރިއުޅޭ ގެ ބަލާ ފާސްކޮށް ގިނަ ސާމާނުތަކެއް ގެންދިޔަކަން އެނގިއްޖެއެވެ.

ފިލިޕިންސްގެ ނަރުހުގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ހައްޔަރު ކޮށްފައިވާއިރު، ފިރިހެންމީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުހުގެ ގެވެސް ފުލުހުން ވަނީ ބަލާ ފާސްކޮށްފައެވެ.

މިމައްސަލައާ ގުޅިގެން "އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފިރިހެން މީހާ ލޯބީގެ ގޮތުން ގުޅުން ބާއްވަމުން އައި ކަމަށް ތުހުމަތު ކުރެވެނީ އައިޖީއެމްއެޗްގެ އީއާރްގައި މަސައްކަތް ކުރަމުން އައި ޖޫނިއަރ ނަރުހަކާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ އެ ނަރުހުގެ ގެ ބަލާ ފާސްކޮށްފައެވެ. އެ ގެ ބަލާފާސްކުރުމުގެ ތެރޭގައި އެ ގެއިން ގިނަ އަދަދެއްގެ ސިރިންޖާއި، ބޭސް ފެނިފައިވާކަމަށް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވެއެވެ. މި ތަކެއްޗަކީ އާންމު ގެއެއްގައި ހުންނަން ނުޖެހޭ ފަދަ ތަކެތި ކަމަށާއި، އަދި ހުންނަންނުޖެހޭ މިންވަރަށް އެތަކެތި ހުރި ކަމަށެވެ.

އެގޮތުން ފުލުހުން ދެ އެވިޑެންސް ބޭގްގެ ތަކެތި އެ ގެއިން ގެންދިޔަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އެ ނަރުހުގެ ފޯނުވެސް ހިފަހައްޓާފައިވާކަމަށް މައުލުމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިލިޕިންސްގެ ނަރުސް މަރުވެގެން އައިޖީއެމްއެޗްއަށް ގެނެސްފައިވަނިކޮށް އެތަނަށްވެސް، ފިރިހެންމީހާ ލޯބީގެ ގޮތުން ގުޅުން ބާއްވަމުން އައި ނަރުސް ގޮސްފައިވެއެވެ. އަދި ފުލުހުންގެ ކަންކަން ހުރިގޮތާމެދު ސުވާލުކޮށް ހަދާފާކަމަށްވެސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

"އައްޑޫލައިވް" އަށް އެނގިފައިވާގޮތުގައި ފިރިހެން މީހާ ގުޅުން ބާއްވަމުންއައި ނަރުސް މީގެކުރިންވަނީ ފިލިޕިންސްގެ ނަރުހަށް އިންޒާރުވެސް ދީފައެވެ. އަދި ފިލިޕިންސްގެ ނަރުސް މަރުވުމުގެ ދުވަސްތަކެއް ކުރިން، އޭނާއާ ފުލުހެއްކަމަށް ބުނާ މީހަކު ބައްދަލުކުރަން ބޭނުންވެގެން ބައްދަލު ކުރި ކަންވެސް އެނގިފައިވެއެވެ.

ނަރުހުގެ މަރު: މަރުވުމުގެ ކުރިން "ފުލުހެއް ކަމަށްބުނާ މީހަކު" ބައްދަލުކުރި