Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު ކޮވިޑު-19

ހިތަދޫގެ ހާލަތު ގޯސް، އެކްޓިވް ކޭސް 150 އިން މައްޗަށް

އައްޑޫ ސިޓީން އިތުރު 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އައްޑު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 27 ކޭސްގެ ތެރެއިން 19 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އަދި ތިން ހަތް ކޭސް މަރަދޫ އިން ފެނިފައިވާއިރު އަނެއް ފަސް ކޭސް ފެނިފައިވަނީ ފޭދޫންނެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގަ އެވެ. އެގޮތުން ހިތަދޫގައި ކޮވިޑްގެ 155 ކޭސް އުޅޭއިރު، މަރަދޫގައި 82 ކޭސް، ފޭދޫގައި 55 ކޭސް، މަރަދޫފޭދޫގައި 8 ކޭސް، މީދޫގައި 26 ކޭސް އަދި ހުޅުދޫގައި ހަތް ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 334 އަށް އަރާފައެވެ.

އައްޑޫ ކޮވިޑް ފެސިލިޓީގައި ތިން މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ 10 މީހަކު ނިޔާވެފައެވެ.