Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު ކޮވިޑު-19

މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ 15 ރަށް

ކޮވިޑް-19 ބަލި މީހުންގެ ސާމްޕަލް ނެގުމަށް ހަރަކާތްތެރިވަނީ-- ފޮޓޯ: އައްޑޫލައިވް

ކޮވިޑް-19 އާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 15 ރަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

ރޭގެ 21:31 އާ ހަމައަށް 15 ރަށް މޮނިޓަރިންގައި އޮތްއިރު، މޮނިޓަރިންގައި މިހާރު އެންމެ ގިނަދުވަސް ވެފައިވަނީ އައްޑޫސިޓީގެ ރަށްތަކެވެ.

މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކަށް ބަލާލާއިރު ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ، ސ. ފޭދޫ، ސ. ހުޅުމީދޫ، މ. މުލައް، މ. ދިއްގަރު، ނ. މިކަދޫ، މ. މުލި، ރ. މަޑުއްވަރި، ރ. އިންނަމާދޫ، ނ. ވެލިދޫ، ށ. ކޮމަންޑޫ، ބ. ދަރަވަންދޫ އަދި އދ. މަހިބަދޫއެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 91،650 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 1613 ކަމަށްވާއިރު އޭގެތެރެއިން 11 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. މި ބަލިން 89،774 މީހުން ރަނގަޅުވެފައިވާއިރު، ބަލީގައި 250 މީހަކު ވަނީ ނިޔާވެފައެވެ.