Last Updated: May 7, 14:08
Tuesday, May 7, 2024
ޚަބަރު ރައީސް ޔާމީން

ރައީސް ޔާމިންގެ މައްޗަށް ތުހްމަތުކުރާ މަނީލޯންޑަރިންނާއި ރިޝްވަތުގެ ދައުވާގެ އަޑުއެހުމެއް މާދަމާ

ރައީސް އަބްދުالله ޔާމީން މީގެކުރިން ސުޕްރީމްކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި--

ރ. ފުށްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހްމަތުކުރާ މަނީލޯންޑަރިން ކުށް ހިންގުމާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފި އެވެ.

މިއަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 9.00ގައި އެވެ. މި މައްސަލަތަކުގައި ކުރިއަށްދަނީ އިބްތިދާއީ އަޑުހުންތަކެވެ.

މީގެ އިތުރުން ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ރައީސް ޔާމީން މަޤާމުގެ ނުފޫޒު ބޭނުންކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށްބުނާ މައްސަލައިގައި ވެސް ރައީސް ޔާމިންގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. މިދިޔަ މަހު ކްރިމިނަލް ކޯޓަށް ހުށައެޅި އެ މައްސަލައިގެ އަޑުއެހުންތައް އަދި ކޯޓުން ނުފަށަ އެވެ.

ވޮޑަމުލާ ކުއްުޔަށް ދޫކޮށްގެން ލިބުނު ފައިސާއިން މަނީލޯޑަރކޮށްފައިވާ ކަމަށްބުނެ ދައުލަތުން ރައީސް ޔާމިންގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ސާބިތުވާކަމަށް ނިންމާފައިވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އެހެން ނަމަވެސް ދަށުކޯޓުގައި ހުރި އެހެން މައްސަލަތަކާ ގުޅިގެން ރައީސް ޔާމީންގެ ޕާސްޕޯޓްވަނީ ހިފަހައްޓާފަ އެވެ.