Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު ފަތުރުވެރިކަން

މިމަހު މިހާތަނަށް ލައްކައަކަށް ވުރެއް ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މިމަހު މިހާތަނަށް ރާއްޖެއިން އެއް ލައްކައަށް ވުރެއް ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުން ރާއްޖެއަށް މި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް، 113،367 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މިއާއެކު މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ ޖުމުލަ އަދަދު 1،271،020 އަށް ވަނީ އަރާފައެވެ.

މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ހުސްވި ނޮވެމްބަރު މަހުއެވެ. ނޮވެމްބަރު މަހު ޖުމުލަ 144،725 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.

އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން ރާއްޖެއަށް 286،434 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ރަޝިޔާއިން 214،232 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.