Last Updated: May 21, 11:44
Tuesday, May 21, 2024
ޚަބަރު ކްރިމިނަލް ކޯޓު

ޔާމީން މަރާލި މައްސަލައިގައި، އާއިލާއިން އެދިގެން ހުކުމް ކުރުން ފަސްކޮށްފި

ޔާމީން(މ) އަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފޮޓޯ އާއްމުކުރި ދެ މީހުން ދެ ފަރާތުގައި--

އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މިމައްސަލައިގައި އެންމެފަހުން ނޮވެމްބަރު 18 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ މައްސަލައިގެ ހުލާސާ ބަޔާން ހުށަހަޅާފައެވެ.

ކުރިން މައްސަލައިގެ ތާވަލު ހަމަޖެހިފައި އޮތްގޮތުން މިމައްސަލައިގައި ހުކުމް ކުރުމަށް ހަމަޖެހިފައިއޮތީ ޑިސެމްބަރު މަހުއެވެ. އެހެންނަމަވެސް ޔާމީން ރަޝީދުގެ އާއިލާގެ އެދުމުގެ މަތިން ހުކުމް ކުރުމުގެ އަޑުއެހުން ފަސް ކުރުމަށް ވަނީ ނިންމާފައެވެ.

ޔާމީން ރަޝީދު މަރާލީ 2017 އޭޕްރިލް 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ.