Last Updated: April 24, 08:48
Wednesday, April 24, 2024
ޚަބަރު ކޮވިޑު-19

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ހެލްތް މިނިސްޓަރު މުހައްމަދު ނަސީމް ސޮއިކުރައްވައި ނެރުއްވި ގަރާރުގައި އެ މުއްދަތު އިތުކުރައްވާފައިވަނީ އަންނަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަސްދުވަހަށް ދިގު ދައްމާލުމަށް ނިންމައި ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ލަފާދީފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑްގެ ވަބާ އަދިވެސް ދަނީ ފެތުރެމުންނެވެ. އަދި މިހާރު ބައެއް ރަށްރަށް އޮތީ މޮނިޓަރިންގަ އެވެ.