Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު ކޮވިޑު-19

އައްޑޫއިން އޮމިކްރޯން ވޭރިއަންޓް ފެނިއްޖެ، ރާއްޖެއިން ޖުމުލަ 74 ކޭސް

އައްޑޫ ކޮވިޑު ފެސިލިޓީ، ފޮޓޯ: ޝަރަފު/އައްޑޫލައިވް

ކޮވިޑް-19ގެ އާ ވޭރިއަންޓް، އޮމިކްރޯނަށް ޕޮޒިޓިވް ކޭސްއެއް އައްޑޫސިޓީން ފެނިއްޖެއެވެ.

އެޗްޕީއޭއިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް ފޮނުވި 1196 ޕޮޒިޓިވް ސާމްޕަލްގެ ތެރެއިން 74 ކޭސް އަކީ އޮމިކްރޯން ވޭރިއަންޓް ކަމަށް ދައްކާކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ މި މަހު 11 ގައި ފޮނުވި 100 ޕޮޒިޓިވް ސާމްޕަލް ތެރެއިން ވެސް 51 ކޭސްއަކީ އޮމިކްރޯންގެ ކޭސްތައް ކަމަށެވެ.

އޮމިކްރޯންގެ ކޭސްތައް ފެނިފައިވާ ސަރަހައްދުތަކުގެ ތެރޭގައި މާލެ، އައްޑޫ، ދ. ކުޑަހުވަދޫ، ލ. ގަން، ލ. އިސްދޫ، ލ. މުންޑޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ފ. މަގޫދޫ އަދި ކ. ތުލުސްދޫ ހިމެނެއެވެ.

އެހެންނަމަވެސް އައްޑޫސިޓީން ފެނިފައިވަނީ އޮމިކްރޯންގެ ކިތައް ކޭސްކަމެއް ޑރ. އަފްޒަލް ވިދާޅެއް ނުވެއެެވެ.

މީގެއިތުރުން ޑރ، އަފްޒަލް ވިދާޅުވީ އޮމިކްރޯން ބާރު ސްޕީޑުގައި ފެތުރޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެހެންކަމުން އެންމެ މުހިންމު ކަމަކީ މިހާރު ވެސް ހުރި އިރުޝާދުތަކަށް ރަނގަޅަށް އަމަލު ކުރުން ކަމަށެވެ.