Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު ކޮވިޑު މަރު

ކޮވިޑް ޖެހިގެން ދަނގެތިން މީހަކު ނިޔާވެއްޖެ

އދ. ދަނގެތި--

ކޮވިޑް-19 ގައި އދ. ދަނގެތިން މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ރޭ ދަންވަރު 12:24 ހާއިރު އދ. ދަނގެތީ ހެލްތް ސެންޓަރުގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެފައިވާކަމަށެވެ.

ނިޔާވެފައިވަނީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 272 އަށް އަރާފައެވެ.

ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު މިދުވަސްވަރު ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުން އަންނައިރު އިއްޔަވެސް ވަނީ 2609 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 122،777 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 16،666 ކޭސް އެވެ. މި ބަލިން 105،827 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 57 މީހަކަށެވެ.