Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު ކޮވިޑު-19

އައްޑޫއިން އިތުރު 86 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫސިޓީން އިތުރު 86 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ ޖެނުއަރީ 29 ވަނަ ދުވަހުގެ އިރުއޮށްސި 18:00 އަށް އައްޑޫއިން އިތުރު 86 ކޭސް ފެނިފައިވާކަމަށެވެ.

މިއާއެކު އައްޑޫގެ ކޮވިޑް އެކްޓިވް ކޭސްގެ އަދަދުވަނީ 798 އަށް އަރާފައެވެ.

އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގަ އެވެ. އެގޮތުން ހިތަދޫގައި 372 ކޭސް އުޅޭއިރު، ފޭދޫގައި 138 ކޭސް، މީދޫއިން 87 ކޭސް، މަރަދޫއިން 71 ކޭސް، ހުޅުދޫން 66 ކޭސް، މަރަދޫފޭދޫއިން 46 ކޭސް ހިމެނެއެވެ.

އައްޑޫގައި ކޮވިޑް-19 އާ ގުޅިގެން ދެ މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. މިބަލީގައި އައްޑޫގައި މިހާތަނަށް 15 މީހުން މަރުވެފައިވެއެވެ.