Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު ކޮވިޑު-19

އައްޑޫގެ ހާލަތު ގޯސް، އެކްޓިވް ކޭސްގެ އަދަދު 843 ކަށް

ހިތަދޫ ބޮޑު މަގުގައި ރެންޑަމް ސާމްޕަލް ނަގަނީ، ފޮޓޯ: އައްޑޫލައިވް

އައްޑުސިޓީގައި ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ އަދަދު 800 އިން މައްޗަށް އަރައިފިއެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވާ ގޮތުގައި އިއްޔަ އިރުއޮށްސި 18:00 އާ ހަމައަށް އައްޑޫސިޓީން ވަނީ ކޮވިޑް-19ގެ އިތުރު 92 ކޭސްފެނިފައެވެ.

މިއާއެކު އައްޑޫގެ އެކްޓިވް ކޭސްގެ އަދަދު 843 އަށް އަރާފައިވާއިރު، އެންމެ ގިނަ އެކްޓިވް ކޭސްއެއް އޮތީ ހިތަދޫގައެވެ. ހިތަދޫގައި ބައްޔަށް ޕޮޒިޓިވް 381 މީހުން ތިބިއިރު، ފޭދޫގައި 143 މީހުން، މީދޫން 89 މީހުން، މަރަދޫއިން 87 މީހުން، ހުޅުދޫން 68 މީހުން އަދި މަރަދޫފޭދޫން 61 މީހުން ޕޮޒިޓިވްވެފައިވެއެވެ.

އައްޑޫގައި ކޮވިޑަށް ޕޮޒިޓިވް 2 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު މިހާތަނަށް އައްޑޫއިން 15 މީހުން މި ބަލީގައި އައްޑުއިން މަރުވެފައިވެއެވެ.