Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު އެމްޑީޕީ

ފައްޔާޒަށް ތާއީދުކުރީ އައްޑޫގެ މަސްލަހަތަށް: މޭޔަރު

މޭޔަރު ނިޒާރު އަދި މިނިސްޓަރު ފައްޔާޒް--

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ތާއީދުކުރަން ނިންމީ އައްޑޫސިޓީގެ މަސްލަހަތު އިސްކޮށް ކަމަށް އައްޑު މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މޭޔަރު ނިޒާރު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫގެ ތަރައްޤީގެ މަސައްކަތް އެންމެ ގާތުން ބައްލަވާ މަޝްވަރާ ދެއްވާ ބޭފުޅަކީ ފައްޔާޒް ކަމަށެވެ.

"އަޅުގަނޑު އިސްކުރާނީ އައްޑޫގެ މަސްލަހަތު." މޭޔަރު ނިޒާރު ވިދާޅުވެފައިވެއެވެ.

ނިޒާރު ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ލިބިގަންނަން ބޭނުންވަނީ "ގަޓު ހުރި" ލީޑަރޝިޕެއް ކަމަށެވެ. އަދި ރޮޒައިނާ އާއި ފައްޔާޒަކީ ހިންގާލާނެ ދެބޭފުޅުންކަމަށް ނިޒާރު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ވާދަކުރައްވާ ފައްޔާޒް އައްޑުސިޓީގައި ހަރަކާތްތެރިވަމުން އަންނައިރު، މި އިންތިހާބުގައި ފައްޔާޒާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒް ފަހުމީވެސް މިވަގުތު އަންނަނީ އައްޑޫސިޓީގައި ކެމްޕޭނަށް ހަރަކާތްތެރިވަމުންނެވެ.

އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 16 ވަނަ ދުވަހު އެވެ.