Last Updated: March 28, 19:01
Thursday, March 28, 2024
ޚަބަރު އެމްޑީޕީ

އިންތި ކެމްޕޭނަށް ބ. އަތޮޅަށް

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކެމްޕޭނަށް ބ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، އިމްތިޔާޒް އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް ދޮރުން ދޮރަށް ހަރަކާތް ހިންގަމުންނެވެ. އަދި ޗެއަރޕާސަންކަމުގައި ކުރަން ހުށަހަޅާ ކަންކަންވެސް އިއުލާނު ކޮށްފައިވެއެވެ.

އިންތިގެ ކެމްޕޭންގައި އެންމެބޮޑަށް ދައްކަވަމުން އަންނަ އެއް ވާހަކައަކީ ރައީސް ނަޝީދު އެކަހެރި ނުކޮށް ރައީސް ނަޝީދާއެކު މަސައްކަތް ކުރައްވާނެ ވާހަކައެވެ. އަދި ޕާޓީގެ އަސްލު އުސޫލުތަކަށް ރުޖޫއަކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

އިމްތިޔާޒް ފަހުމީއާ މި އިންތިހާބުގައި ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާއި މެމްބަރު އިމްތިޔާޒް ފަހުމީއެވެ. މީގެއިތުރުން އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވަނީ މެމްބަރު ރޮޒައިނާ އާދަމާއި ސަފާތު އަހުމަދު ޒާހިރެވެ.

މި އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ 14 ވަނަ ދުވަހުއެވެ.