Last Updated: April 26, 17:02
Friday, April 26, 2024
ޚަބަރު އެމްޑީޕީ

އިންތިގެ ކެމްޕޭނަށް ހުއްޓުމެއް ނެތް، މިހާރު އއ. އަތޮޅުގައި

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކެމްޕޭނަށް އއ. އަތޮޅަށް ވަޑައިގެންފިއެވެ.

4 އަދި 5 އޭޕްރިލް ގައި ކެމްޕޭނަށް އިންތި އއ. އަތޮޅުގައި އުޅުއްވާނެ ކަމަށް ކެމްޕޭން ޓީމުން މައުލޫމާތު ދީފައިވާއިރު، އިމްތިޔާޒް އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް ދޮރުން ދޮރަށް ހަރަކާތް ހިންގަމުންނެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރާ އިންތިގެ ކެމްޕޭންގައި އެންމެ ބޮޑަށް ދައްކަވަނީ އެމްޑީޕީ އެއްކުރުމުގެ ވާހަކައާއި، ރައީސް ނަޝީދު އެކަހެރި ނުކޮށް ރައީސް ނަޝީދާއެކު މަސައްކަތް ކުރައްވާނެ ވާހަކައެވެ. އަދި ޕާޓީގެ އަސްލު އުސޫލުތަކަށް ރުޖޫއަކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

އިމްތިޔާޒް ފަހުމީއާ މި އިންތިހާބުގައި ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ 14 ވަނަ ދުވަހުއެވެ.