Last Updated: April 29, 15:08
Monday, April 29, 2024
ޚަބަރު ހައި ކޯޓު

ޔާމީންގެ މަރު: ސަލާމަތްވި މީހުންގެ މައްސަލަ ހައިކޯޓަށް

ޔާމީން(މ) އަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފޮޓޯ އާއްމުކުރި ދެ މީހުން ދެ ފަރާތުގައި--

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވި ދައުވާކޮށް، ސާބިތު ނުވެގެން ދޫވި މީހުންގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ޔާމީން ރަޝީދު މަރާލި މައްސަލައިގައި ގދ. ގައްދޫ, ސިންދުބާދުގެ, މުހައްމަދު ދިފްރާންއާއި, ކ. މާލެ, މ. ޠާއިފް, އިސްމާއިލް ރަޝީދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ ދަށުން ކްރިމިނަލް ކޯޓަށް ހުށަހެޅި, ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް އެކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގައި ދައުވާކުރި ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދުއާއި، މ. އިރާސްމިކް، އަހުމަދު ޒިހާންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައި، އިސްމާއިލް ހައިޝަމް ރަޝީދުއާއި، އަހުމަދު ޒިހާން އުމުރަށް ޖަލަށްލުމާއެކު، ޔާމީންގެ ރަޝީދުގެ މަރުގެ ދިޔައިގެ ގޮތުގައި -/1،333،333 ޔާމީން ރަޝީދުގެ އާއިލާއަށް ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވެއެވެ.

ޔާމީން ރަޝީދު މަރާލީ 2017 އޭޕްރިލް 23 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ގޮޅި ތެރޭގައެވެ. މި މައްސަލަ، މަރުތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުންވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. މިމައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 11 ‎ޖަނަވަރީ 2022 ދުވަހުއ‫ެވެ.‬