Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ރައީސް ނަޝީދު

ނަޝީދު އެދުމަކީ އަސްލަމް އެކީގައި ހުންނެވުން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެމަނިކުފާނާ އެކު މަސައްކަތް ކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށްގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމުގައި އާންމުންގެ ފަރާތަކުންވަނީ ރައީސް ނަޝީދު އަދިވެސް މެންބަރު އަސްލަމަށް ތާއީދުކުރައްވަންތޯ ސުވާލު ކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އަސްލަމަކީ ވަރަށް މަގުބޫލު ބޭފުޅެއް ކަމަށާއި، ރާއްޖޭގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ހަރުދަނާ އެއް ބޭފުޅާއަކީ އެއީ ކަމަށެވެ.

"އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި އަސްލަމް ބައިވެރިނުކޮށް، އަޅުގަނޑު ކުރަންއޮތް އެއްވެސް ކަމެއް ހަގީގަތުގައި ނެތް. އަޅުގަނޑު ވަރަށް ބޮޑަށް އެދެން އަޅުގަނޑާ އެކުގައި މަސައްކަތް ކުރެއްވުމަށް އަސްލަން ހުންނެވުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައިސް ނަޝީދު ވިދާޅުވީ އަސްލަމް އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ނުކުރައްވާ ކަމަށާއި އަދި ނުވެސް ކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަސްލަމަކީ މަޖިލީހުގައި ރައީސް ސޯލިހްގެ ސަރުކާރު ދިފާއުކުރެއްވުމަށް އެންމެ ބޮޑަށް ވާހަކަ ދައްކަވާ އެއް މެމްބަރެވެ.