Last Updated: April 30, 11:59
Wednesday, April 30, 2025
ޚަބަރު އެމްޑީޕީ

އެމްޑީޕީ ޕްރައިމަރީ: ދެ ރައީސުން ވޯޓުލައްވައިފި

ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވަނީ-

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ރައީސުން ވޯޓު ލައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައީސް މުހައްމަދު ނަޝީދު އިންތިހާބުގެ ވޯޓު ލައްވާފައިވާއިރު، މި އިންތިހާބަށް ދެ ކެނޑިޑޭޓުންވެސް ވަނީ ފޯރިގަދަ ކެމްޕޭނެއް ކޮށްފައެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވޯޓު ލައްވަނީ- ފޮޓޯ: އަދަދު އޮންލައިން

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 09:00 އިން ހަވީރު 05:00 އާ ހަމައަށެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި ޖުމުލަ 243 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވެއެވެ.